"ވަގުތު" ޚަބަރު ގެނެސްދޭ ވެބްސައިޓެއްގެ ގޮތުގައި ދުނިޔެއަށް އުފަންވީ ވެސް ކޮންމެ ކަމެއް ކޮންމެ ވަގުތަކު ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގެ މަޤުޞަދުގައެވެ. ރާއްޖެއަށް ލިބިފައިވާ މިނިވަން ނޫސްވެރިކަމުގެ އިންތަކުގެ ތެރެއިން ސިޔާސީ ލީޑަރުންނާއި މުޖުތަމައުގެ ގަދަރުވެރިންނާއި މަޝްހޫރު މީހުން އަދި މަޝްހޫރު ނޫން މީހުންގެ ވެސް ކޮންމެ ވާހަކައެއް ކޮންމެ ވަގުތަކު ގެނެސްދިނުމުގެ މަސައްކަތާއި އަޅުގަނޑުމެން ކުރިމަތިލީ މިއީ ރާއްޖެއަށް އާ އަދި ދިވެހިން ވަރަށް ނުފަރިތަ ކަމެއްކަން އެނގި ތިބެއެވެ. އަތުގައި އޮންނަ ފޯނާއި ލެޕްޓޮޕްގެ މޮޑެލް އަށް ބަލާލުމުން ބައެއް ދިވެހިންނަކީ ދުނިޔޭގެ ހަތަރު ބިތުގެ އެންމެ ފަހުގެ މައުލޫމާތާއި އެންމެ ފަހުގެ ތަރައްޤީ އާއި އެންމެ ފަހުގެ އުސޫލުތަކަށް ލޯހުޅުވިފައިވާ އަދި…